Showing posts with label campain. Show all posts
Showing posts with label campain. Show all posts

I'm a MDP candidate! Vote 4 me!!!


އެމްޑޕީ މެމްބަރުނަށް ވީތީ ވޯޓް އެޅުން.....ޙުދުމުޙްތާރު ވެރިކަމަކަށް މަގުހުޅުވިގެން ދިޔުން!!!

އަޅުގަނޑުމެންގެ މިރާއްޖޭގައިވެސް މިގައުމަށް ޙާއްސަ ދުސްތޫރެއް ނުވަތަ ގާނޫނު އަސާސީ އެއް ވެއެވެ. އެދުސްތޫރުގެ އެއް ބިންގަލެއްކަމުގައި ވެފައި ވަނީ މިރާއްޖޭގެ އެންމެހާ އަފްރާދުންގެ ދިރިއުޅުން ތަންޟީމު ކުރުމެވެ. އެހެނީ ގައުމެއްގެ ދުސްތޫރު ނުވަތަ ދުސްތޫރީ އޮނިގަނޑު އުފެދިފައި ވަނީވެސް ފަރުދުންގެ ދިރިއުޅުން ތަންޟީމު ކުރުމުގެ އަސާސީ ގަވާއިދު ތަކުގެ މައްޗަށެވެ.

ޖުމްހޫރިއްޔަތެއްގެ ގޮތުގައިވާ އަޅުގަނޑުމެންގެ މިރާއްޖޭގެ، ގާނޫނީ އޮނިގަނޑުގައިވާ ފަދައިން މިގައުމުގެ ދައުލަތުގެ ބާރުތަށް ވަނީ ވަކި ކުރެވިފައެވެ. ގާނޫނު އަސާސީގެ 5 ވަނަ މާއްދާ އިން ފެށިގެން 7 ވަނަ މާއްދާއާ ހަމަޔަށް މި ބާރުތައް ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވެއެވެ. އެއީ ގާނޫނު ހެދުމުގެ ބަރާއި، ވެރިކަން ހިންގުމުގެ ބާރާއި އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރެވެ. އަދި ހަމައެހެންމެ މިބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ވަރަށް ޞަރީޙަކޮށް ބަޔާންކޮށްފައި ވެއެވެ.

އަޅުގަނޑުމެންގެ ބޯމަތީގައި މިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަކިވަކި ކެންޑިޑޭޓުންގެ ކިބައިން އިވެމުންދާ އެއްވާހަކަ އަކީ "އެމްޑީޕީގެ ކެންޑިޑޭޓަކަށް ވީތީ ތިމަންނައަށް ވޯޓް އަޅަން ރައްޔިތުންނަށް މަޖުބޫރޭ" މިވާހަކައެވެ.

ވެރިކަމުގައި މިވަގުތުވާ އެމްޑީޕީ އިން ބުނަމުން ދަނީ އެމީހުންނަށް ގާނޫނީ ބިންގަލުގެ މަތީގައި، ގާނޫނީ ވެރިކަމެއް ހެޔޮގޮތުގައި ހިންގޭނީ އެބައިމީހުނަށް މަޖީލީހުގެ އަޢުލަބިއްޔަތު ލިބިގެންކަމެވެ.

ދިވެހިންނޭވެ! ހޭވެރިވާށެވެ! އަޅުގަނޑުމެންގެ ގާނޫނީ ނިޒާމުގައި އަދި ވަކިން ހާއްސަކޮށް ޒަމާނީ ޑިމޮކްރަސީ ޕްރެކްޓިސް ކުރާ އެންމެހާ ގައުމުތަކުގައި ވެސް ތިންބާރު ވަކިވެފައި އޮތުން އޮންނަނީ ވަރަށް މާތް މަގުސަދެއްގެ މައްޗަށެވެ. މިތިންބާރު ވަކި ކުރުމުގެ ބޭނުމަކީ ދައުލަތުގެ ހިމެނޭ އެއްވެސް ބާރަކުން ރައްޔިތުންގެ ހައްގަށް އުނިކަން ލިބިދޭފަދަ ކަމެއް ހިންގަމުން ދާނަމަ، އެކަމެއް ދައުލަތުގައި ހިމެނޭ އެހެން ބާރަކުން ހުއްޓުވުމެވެ. މިހެން ކަމަށް ވީހިނދު މިބާރުތަށް އެއްފަރާތެއްގެ އަތަށް ދިނުމުން ވާނީ ކީއްތޯއެވެ! މިފަދައިން މިބާރުތަށް އެއްފަރާތަކާ ހަވާލު ކުރާނަމަ އޭގެ މާނަ އަކީ އަޅުގަނޑުމެން އަމިއްލައަށް ޙުދުމުޙްތާރު ވެރިކަމަށް މަގުހުޅުވައިދޭނީއެވެ.

ޑިމޮކްރަސީގެ ގިނަ ގައުމުތަކުގައި މިބާރުތަށް ވަކި ވެފައި އޮތުމަށް ވަރަށް ބޮޑަށް ބާރު އަޅައެވެ. އެހެނީ މިބާރުތަށް އެއްފަރާތާއި ހަވާލު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެންމެ އެދެވިގެންވާ ގޮތަށް ތިންބާރު ތިންފަރަތާއި ހާވަލު ކުރުމުން ކޮންމެ ބާރެއްމެ، އަނެއްބާރެއް އޭގެ ދާއިރާއިން ބޭރުވިޔަ ނުދީ ހިފަހައްޓާނެއެވެ.

ސިޔާސީ ބޭނުމަކަށްޓަކައި، ގަނޫނީ ވެރިކަން ހިންގަން ނުވަތަ ހެޔޮ ވެރިކަމެއް ކުރަން މަޖީލީހުގެ އަޢުލަބިއްޔަތު ބޭނުން ވެޔޭ ކިޔައިގެން ދައްކަމުންދާ މިފަދަ ވަހަކަ ތަކަށް ރައްޔިތުން ފުރިހަމަ އަށް ހޭލުންތެރި ވާން ވެއްޖެ އެވެ.

ގަނޫނު އަސާސީ އިން ރައްޔިތުންގެ މަޖީލީހަށް ދީފައިވަނީ ހަމައެކަނި ގާނޫނު ހެދުމުގެ ބާރެއްނޫނެވެ. ސަރުކާރު ހިންގާ ފަރާތުން ކުރާ ކަންތަށް ބަލައި، ސަރުކާރު ހިންގާ ފަރާތުން ގާނޫނު އަސާސީ އިން ލިބި ދީފައިވާ ބާރެއް ނަހަމަ ގޮތުގައި ބޭނުން ކުރާނަމަ އެކަމެއް ހުއްޓުވުމަކީ ވެސް އެމީހުންގެ މަސްއޫލިއްޔަތެކެވެ. ގާނޫނު އަސާސީގެ 70ވަނަ މާއްދާގެ ތިންވަނަ ނުކުތާގައިވާ ފަދައިން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާކަންތަށް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ވެސް މަޖިލީހުގެ ޒިންމާއެކެވެ.ވާޖިބެކެވެ.

ވިސްނަވާށެވެ! ވެރިކަން ހިންގުމުގެ ދެބާރު އެއްވެއްޖެ ނަމަ ނުވަތަ އެދެބާރު އެއްފަރާތެއްގެ މުށުތެރެއަށް ވަދެއްޖެ ނަމަ ދެންވާނީ ކީއްތޯއެވެ.! ދަންނަވަންތޯއެވެ. އޭރުން ވާނީ ކުރިން ވެސް މިރާއްޖޭގައި ވަމުން ދިޔަ ގޮތެވެ. އަޅުގަނޑަށް ކުރިން މިރާއްޖޭގެ ދުސްތޫރީ ނިޒާމު ސިފަ ކުރެވެނީ އަދީ ގަބޫލް ކުރެވެނީވެސް އެންމެ ކުރީ ޒަމާނުގެ ޙުދުމުޙްތާރު ރަސްކަމެއްގެ ސިފައިގައެވެ. ރަސްކަލަކާއި އެނާގެ އަޅުން ތަކެކެވެ. ރަސްގެފާނަށް ވަފާތެރި އޭނާގެ ވަޒީރުން ތަކެއްވެސް އައްޔަން ވެފައި ވެއެވެ. ގައުމުގެ ކިރިޔާވެސް ބާރެއް ލިބިފައި އޮތް މީހެއްވިޔަސް ގެންގުޅެނީ ބޮޑުމަސް، ކުދިމަސް އައިނު ކާލާ އުސޫލެވެ.

މިހެންވީ ކީއްވެގެންތޯއެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ވެރިޔާ އަށް ވަފާތެރިންނެވެ. މިނިސްޓަރީތަކުގެ ބޮޑުންނަށް ތިއްބެވީ ވެރިޔާ އަށް ވަފާތެރިންނެވެ. މިހެން ވީ އިރު ނިކަމެތި ރައްޔިތުން ލައްވައި ވެރިޔާ، އޭނާ އަށް ސަޖިދަ ޖެހުވިއަސް ދެން ތިއްބެވި ބޮޑުން، "ޗުއްޕު" އޭވެސް ބުނާނެ ހެއްޔެވެ. ނުބުނާނެއެވެ!

ދެންބައްލަވާށެވެ! އަޅުގަނޑުމެން އިންތިހާބުގައި ކުރިމަތި ލެއްވި އެމްޑީޕީ މެމްބަރުންނަށް ވޯޓް އަޅުއްވަނީއެވެ. އެމްޑީޕީ މެމްބަރުންނަށް ވީތީ އެވެ. އަޅުގަނޑުމެންގެ އޯގާވެރި ރައީސް ކެނެރީގޭ މުހައްމަދު ނަޝީދަށް ހެޔޮވެރިކަމެއް ކުރެއްވުމަށް ފުރުސަތު ދެއްވުމަށެވެ. އާހިރުގައި މިކަމުގެ ނަތީޖާ ހިތި ގޮތުގައި ދެކެން ތިބީ ވެސް އަޅުގަނޑުމެން ރައްޔިތުންނެވެ.

ކުރިންވެސް ދެންނެވި ފަދައިން އޭރުން މިވާގޮތަކީ ދެބަރު އެއް ވަނީ އެވެ. ޙުދުމުޙްތާރު ވެރިކަމަކަށް މަގު ހުޅުވުގެން ދަނީއެވެ. ބޮޑުމަސް ކުދިމަސް އައިނު ކާލާ އުސޫލު އާލާވަނީއެވެ. މަޖީލީހުގެ "ޕަވަރ" ވެރިކަން ކުރާ ޕާޓީގެ އަތްމައްޗަށް ދަނީއެވެ. އެހާލަތުގައި މަޖީލީސް ކުރާ ގޭގައި އޮންނާނީ ވެރިޔާގެ ނުފޫޒެވެ. މިނުފޫޒުގެ ނަތީޖާ އަކަށް ވާނީ މަޖިލީހުގެ ކޮންމެ މެމްބަރެއްގެ އަނގަތެރޭގައި ވެރިޔާގެ ބާރު ފޯރާ ދުލެއް އޮތުމެވެ.

ދަންނަވަންތޯއެވެ! މަޖިލީހުގެ އަޢުލަބިއްޔަތު އެމްޑީޕީ އަށް ލިބުމަކީ ދެބާރު ކީއްކުރަންތޯ އެވެ. ތިންބާރު ވެސް އެއްވާ ކަމެކެވެ. މުސްތަގިއްލު ކޮމިޝަންތަކަށް މެމްބަރުން ހޮވަނީ މަޖިލީހުންނެވެ. ނުފޫޒުގަދަ މަގާމު ތަކަށާއި ސުޕްރީމް ކޯޓަށް މެމްބަރުން ހޮވަނީ ވެސް ހަމަ މަޖިލީހުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އާބަސް ބުނަން ތިބީ ވެސް ހަމަ މި މަޖީލީހުންނެވެ. ވީއިރު މަޖިލީހުގެ އަޢުލަބިއްޔަތު ލިބިފައިވާ އެމްޑީޕީ އިން އެމީހުންގެ ހިޔާލުތަކަށް [އެޙިޔާލު ތަކަކީ ރަނގަޅު ނުވަތަ ގޯސް ޙިޔާލު ތަކަކަށް ވިއަސް] އާއެކޭ ބުނާ ބަޔަކު، ނޫން ބަޔަކު ހޮވާނެތޯއެވެ.

ގައުމުގެ އެންމެހާ ދަރީންނޭވެ! މީހަކު ކޮންމެ ތާކުން ސިޔާސަތު ކިޔެވިއަސް، އެއީ ގާހިރާގެ ހިރަފުހުގައި ތަތްތެޅިގެން ކަމަށް ވިއަސް އަދި އިނގިރޭސިވިލާތުގައި ހޭބޯނާރާ މެރިޓައިމް ލޯ ކަމަށް ވިއަސް މިއީ މިއަދު ކަންތައްތައް އޮތް ގޮތެވެ. ކަންތައްތައް ވާން އޮތް ގޮތެވެ. ހަމަ ހިލާ މިހެން ވިޔަކަ ނުދޭށެވެ. ގޮތެއް އިޙްތިޔާރު ކުރަން ތިބީ ހަމަ ތިޔަ ލޮބުވެތި ރައްޔިތުންނެވެ. ޑިމޮކްރަސީގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަހަރުމެންނަށް ލިބިފައިވާ ބާރު ފައިދާ ހުރި ގޮތުގައި ބޭނުން ކުރަމާ ތޯއެވެ. އެމްޑީޕީ މެމްބަރުނަށް ވީތީ ތިމަންނަމެންނަށް ވޯޓް އަޅަން ޖެހެއޭ ބުނާ މީހުން ލިސްޓުން "ޑިލީޓް" ކުރަމާ ހިނގާށެވެ. ޙުދު މުޙްތާރު ވެރިކަން ނިމުނު ގޮތަށް މަރާލާފައި ބާއްވަމާ ތޯއެވެ!

What a astonishing logo!!!


Abdulla Mohamed’s official campaign logo “a green apple” was an eye catching logo. I found that for most it was a noticeable one. One of the biggest issue lifted by people was what’s the meaning of the apple logo. As I was a close family member of the Candidate, somehow it was faced to me too. I used to ask it from the candidate. What is the meaning of that apple? Does it make a sense?

His thoughts were extremely extensive for the concept of green apple logo. One concept was that it represents “health and well-being” as said on “TVM Dhaairaa Thakuge Bahus” meaning the healthy choice.

Secondly he believes that President Mohamed Nasheedh used the concept of flower in his campaign. He used to say “Raees nasheed migaumugai vanee maa thakeh folhuvai dheefa ey, dhn emaathakun ufedheynee meyvaa thekey”

Furthermore green is the color of nature, fertility and life. It symbolizes self-respect and well being. Most simply it means learning, growth and harmony.

Well, as an independent person I truthfully supports Abdulla Mohamed… hope for the most excellent…

“mikale hovannau Abdulla Mohamed”

His official campaign slogan was “Bahuge ithubaaru – Abdulla Moahmedge Siyaasathu”

Lets prefer an individual and independent Candidate…!


މިނިވަން ކެންޑިޑޭޓުންނަށް ވޯޓް އަޅަމާތޯއެވެ.
ރާއްޖެ ދެކެމުން މިދާ ސިޔާސީ އޮއެވަރުގެ ތެރޭގައި ތަފާތު ރަހަ ތަކާއި ތަފާތު ކުލަތަށް ދަނީ ފެންނަމުންނެވެ. އެކިފަހަރު އެކިފަހަރު އެކި ގޮތްގޮތަށެވެ. އެއްބަޔަކު އެގޮތް ބުނިއްޔާ އަނެއްބަޔަކު ބުނާނީ މިގޮތެވެ. އެބަޔަކު މަޖީދީމަގުން ހިނގައިފިނަމަ އަނެއްބަޔަކު އިޙްތިޔާރު ކުރަނީ އަމިނީމަގެވެ. މަޖީދީމަގު އިޙްތިޔާރު ކުރިމީހުން ދެކެނީ އަމީނީމަގު އިހްތިޔާރު ކުރިމީހުން ގަމާރީ ކަމަށެވެ. އަމީނީމަގު އިޙްތިޔާރު ކުރިމީހުން ދެކެނީ މަޖީދީމަގު އިޙްތިޔާރު ކުރި މިހުންނަށް ތަންދޮރު އޮޅުން ނުފިލަނީ ކަމަށެވެ. ކޮންމެ ޕާޓީ އަކުން ވެސް ވާހަކަ ދައްކަނީ އެބަޔެއްގެ މަސްލަހަތަށެވެ. ގައުމުގެ މަސްލަހަތު ނުވަތަ ރައްޔިތުންގެ މަސްލަހަތަށް ވިސްނަނީ ކާކު ހެއްޔެވެ؟
ނިމިގެންދިޔަ ރިޔާސީ އިންތިހާބަށް ބަލައިލަމާތޯ އެވެ. ބައެއްމީހުނަށް ހައިރާންކަން ގެނުވި ނަތީޖާ އަކާ އެކު ވެސް އިންތިހާބު ކާމިޔާބު ކުރީ ކެނެރީގޭ މުޙައްމަދު ނަޝީދު އެވެ. މި ދެންނެވެވި ހައިރާންކަން ލިބުނު މީހުންނަކީ އެމީހުންގެ އަމަލާއި ބަސް ދިވެހި ރައްޔިތުންގެ ޕާޓީއާ ދިމާލަށް ހުއްޓިފައި ތިބި މީހުންނެވެ. އެބައިމީހުންގެ ސިކުނޑީގެ ތަންފުކެއްގައި ވެސް "ނާކާމިޔަބު"، "ބަލި"، "ފެއިލް" މީގެން ބަހެއްވެސް ނެތެވެ. އެހެން ވީމައެއް ނޫންތޯއެވެ. "ދިވެހި ބަހުގައި "ކ" މި އަކުރު ވާނަމަ ހޮވޭނީ ހޮވާނީ މައުމޫން އަބްދުލް ގައްޔޫމް އެވެ. ދިވެހި ބަހުގައި އަދި ވެސް ކާފު މި އަކުރު އެބަ އޮތެވެ. ހޮވުނީކީ މައުމޫން އަބްދުލް ގައްޔޫމް އެއް ވެސް ނުމެ ނޫންމެއެވެ.
އަޅުގަނޑު މަތްލަބަކީ ރައްޔިތުންގެ ޕާޓީގެ އުނި ވާހަކަ ދެއްކުމެއް ނޫނެވެ. އަދި އެހެން ޕާޓީ އެއްގެ އުނި ވާހަކަ ދެއްކުމެށް ވެސް ނޫނެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ޕާޓީ އިން ދައްކަމުން ދިޔަ މިފަދަ ވާހަކަ ތަކަށް އެންމެ ފާޅުގައި ރައްދު ދެމުން ދިޔައީ އެންމެ ބޮޑު އިދިކޮޅު އެއް ޕާޓީ ކަމުގައިވާ ޑިމޮކްރެޓިކް ޕާޓީއިން ނެވެ. ނުވަތަ ރައްޔިތުންގެ ޕާޓީގެ މިހުންގެ ވިސްނުމާ އިނދިކޮޅު ޙިޔާލުގެ މީހުންނެވެ. ފެށުމުގައި ޑިމޮކްރެޓިކް މީހުނަށް ވެފައި ފަހުން "އިއްތިހާދީ" މީހުންނެވެ. މިބައި މީހުންގެ ދިފާއުގެ ބަހަކީ "30 އަހަރެވެ"، "ޙުދުމުހްތާރު ވެރިކަމެވެ" އަދި "ކޮރަޕްޝަނެވެ". ދެރަނުވާންވެގެން ރައްދުގައި ދެންތިބި މީހުން ބުނެއެވެ. "ރާބޯ އަންނި އެވެ"، "ކުރިސްޓިއަން ދީނެވެ" އަދި "މިސްކިތްތަކުގައި ބަންގިގޮވުން ހުޓުމަށެވެ.". ފެނިގެން ދަނީ ކޮން ކަމެއް ތޯއެވެ! ދެބަސްވުމާއި އަރައިރުމެވެ.
ބައެއް މިހުން ދެކޭ ގޮތުގައި ރާއްޖެ އަށް ޕާޓީ ސިސްޓަމް ތައާރަފް ވެފައި ވަނީ އޭގެ އެންމެ ހަޑި ގޮތުގައެވެ. ޕާޓީ ސިސްޓަމް އޭގެ ޒާތުގައި އޭއްޗަކީ ހަޑި އެއްޗެއް ކަމަށް އެއްބަޔަކު ދެކޭއިރު، އަނެއް ބަޔަކު ބުނަނީ އޭއްޗަކީ ހަޑި ވާން ޖެހޭވެސް އެއްޗެކެވެ، ޕާޓީ ސިސްޓަމް ރިވެތި ސިސްޓަމެށް ކަމަށް ދެކޭ މީހުން ދޮގު ކުރަމުންނެވެ. ނަމަވެސް ޕާޓީ ސިސްޓަމް ކޮންމެ ގޮތަކަށް އުފަން ވިއަސް މައްސަލަ އެއް ނެތެވެ.
އަޅުގަނޑު ރައީސް ކަމަށް ކުރިމަތި ލާނަމަ އަޅުގަނޑު ކުރިމަތިލާނީ ޕޮލިޓިކްސް އެއީ ރިވެތި އެއްޗަކަށް ހަދަމުންނެވެ. ތިޔަބޭފުޅާގެ ހިޔާލާ އަޅުގަނޑުގެ ހިޔާލު މިކަމުގައި ތަޢާރުޒު ވާގޮތް ވެސް ވެދާނެއެވެ. ކެނެރީގޭ މުޙައްމަދު ނަޝީދު ބުނާ ގޮތުން އެނާ ވެރިކަން ހޯދުމުގައި ގެންގުޅުނީ ޑިންޑިންކޮއެލީގެ އުސޫލް އެވެ. ހަމައެހެންމެ ބައެއް މީހުން ގަބޫލް ކުރާގޮތުގައި ކާމިޔާބުވާން އެދޭނަމަ ޕޮލިޓިކްސްގެ ހަޑި ރޯލް ކުޅެން ކޮންމެހެން ވެސް ޖެހޭނެ އެވެ. ސިޔާސީ ޕާޓީތަށް ހެދިފައި ވަނީ ތަފާތު ސިޔާސީ ހިޔާލު ތަކުގެ މައްޗަށެވެ. މަޖްލީހަށް ވަކި ސިޔާސީ ޕާޓީ އެއްގެ މީހަކު ހޮވުނީމައި އެމީހާގެ ވާހަކަތަށް ބޮޑަށް ބައްޓަން ވެފައި ހުންނާނީ އެ ޕާޓީ އެއްގެ ސިޔާސީ ފިކުރުގެ މައްޗަށެވެ. އެނާ އިންޓެންޝަން ނުވަތަ ގަސްތު ބިނާ ކޮށްފައި ވާނީ އެޕާޓީގެ ސިޔާސީ ވިސްނުމާއި ފިކުރު ތަށް ކުރިއަށް ނެރުމަށެވެ. މިއީ މަޖިލީހުގައި ކަންތަށް ވާ އުސޫލެއް ނޫން ހެއްޔެވެ. އެމްޑީޕީ އިން އެމީހުންގެ މަސްލަހަތެވެ. ޑީއާރުޕީ އިން އެމީހުންގެ މަސްލަހަތެވެ. ނިކަމެތި ރައްޔިތުން ތިބެން މި ޖެހެނީ އެކުޅޭ ކުޅި ގަނޑު ބަލާށެވެ.
ފިހާރައަކަށް ދޮންކެޔޮ ވަކެށް ގަންނަން ގޮސް އެއްފަޅި ކާލައިފައި އޮތް ދޮންކެޔޮ ވަކެށް ގަންނަން ތިބާ އަށް އެއްބަސް ވެވޭނެ ހެއްޔެވެ. ނުވެވޭނެ އެވެ. ސަބަބަކީ ތިބާ އަބަދު ވެސް ބޭނުން ވާނީ ފުރިހަމަ އެއްޗެއްސެވެ. ޕާޓީ އެއްގެ ޓިކެޓުގައި ކެންޑިޑޭޓެއް މަޖިލީހުގެ އިންތިހާބަށް ކުރިމަތި ލާއިރު ވެސް އޭނާގެ އެއްފަޅި އެވަނީ ވިކިފައެވެ. ކުރިން ދެންނެވި ދޮންކެޔޮގެ އުސޫލުން ބަލާއިރު އެ ކެންޑިޑޭޓެއްގެ އެއްފަޅި އެވާނީ ކާލެވިފައެވެ.
މިކަމުގެ ނަތިޖާ އަކަށް ވާނީ މިނިވަން ކަމާއެކު މަޖިލީހުގެ ގޯތިތެރޭގައި އެމީހަކަށް ވާހަކަ ނުދެކެވުމެވެ. މިނިވަން ކަމާއެކު ވާހަކަ ނުދެކެވޭ ކެންޑިޑޭޓް އަކަށް ރައްޔިތުންގެ ހައްގުގައި ކުރެވޭނީ ކޮން ވަކާލާތެއް ކަމާ މެދު ޙުދު އަލުގަނޑުގެ ނަފްސު އަޅުގަނޑުގެ ޒަމީރާ ސުވާލު ކުރެވެ.
މިއާ ޙިލާފަށް އަމިއްލަ ކެންޑިޑޭޓުންނަކީ އެއްވެސް ބާރެއް ނުފޫޒެއް ނެތި މަޖީލީހުގައި ވަކާލާތު ކުރެވޭނެ މީހުންނެވެ.
މަޖިލީހަށް ޕާޓީތަކުން ކުރިމަތިލާ ބައެއްމީހުންގެ ދުނިޔަވީ އެހެން ބޭނުމެއްވެސް އެމީހުންގެ ފަހަތުގައި ވެއެވެ. ކޮންމެ މީހަކު ވެސް ބޮޑު މަގާމަކާއި ބޮޑު މުސާރަ އެއް ބޭނުން ވާނެއެވެ. މިގޮތުން މަޖިލީހުގެ މެމްބަރެއްގެ މަގާމަށް އޮންނަ ދަހިވެތި ކަން ބޮޑު ކަމުން ވެސް ބައެއްމީހުން މިމަގާމަށް ނަން ހުށަހަޅައެވެ. މިފަދަ މީހުން އަމިއްލަ ޖީބުން ހުރިހާ ފައިސާ އެއް ނުފޮނުވުމުގެ ބޭނުމުގައި ކުރިމަތި ލަނީ ކޮންމެވެސް ޕާޓީ އެއްގެ ޓިކެޓުގައެވެ. ޕާޓިގެ ފަރާތުން ލިބޭ ފަސޭހަ ތަކާއި އެލަވަންސް ތަށް ވެސް ލިބޭނެ ތާ އެވެ.
ދިވެހިންނަށް ހެޔޮގޮތް ވުމަށް ދިވެހިން އެދިގެން މިފަހަރު ރައްޔިތުންގެ އަޑު އުފުލުމަށް މަޖިލީހުގައި ވަކާލާތު ކުރަން ތައްޔާރު ވެގެން ތިބި މިނިވަން މުސްތަގިއްލު އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް އަޅަމާތޯއެވެ. !
ދިވެހިންގެ ދަރިންގެ މުސްތަގުބަލު އުޖާލާ ކުރުމަށް މަޖީލީހުގައި މިނިވަން ކަމާއެކު ވާހަކަ ދައްކަން މިނިވަން ކެންޑިޑޭޓުންނަށް ފުރުސަތު ދެމާ ތޯއެވެ..!
އަހަރެމެންގެ ހައްގުތަށް ހޯދައި ދިނުމަށް މިނިވަން ކަމާ އެކު ބަހުސް ކުރަން އަމިއްލަ ކެންޑިޑޭޓުންނަށް އަހަރެމެންގެ ވޯޓް އަޅަމާ ހިންގާށެވެ.





Vote 4 Abdulla Mohamed 4 Madaveli Daaira


vote for abdullah mohamed........

Dhegotheh nuvaa mithureh.........

Rayyithunnah ethah hidhumatheh kohdheefaivaa haadhimeh..

bunaa bahugai ithubaaru hifahattaa thedhuveri eh...

maazee ge dhuvas thah rayyithunge hidhumathugai...

kuriah oi dhuvas thah ves rayyithunge hidhumathugai...thiyabeyfu
lhunge memberehgge gothugai..(insha Allah)

Madaveli Dhaairaage memberu kamah ABDULLA MOHAMED ah vote dhevaa...